ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓާކުރާ ނިޒާމެއް މޯލްޑިވްސް އިމިގްރޭޝަނުން ގާއިމުކޮށްފި އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މިއީ ޔުނިވާސަލް އޮޓޮމެޓިކް އައިޑެންޓިފިކޭޝަން ސިސްޓަމް (ޔޫއޭއައިއެސް) ގެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ގާއިމުކުރި ނިޒާމެކެވެ.
މި ނިޒާމާއެކު މާލެ ޕޯޓު ސަރަހައްދުން ފެށިގެން 30 ނޯޓިކަލް މޭލު ސަރަހައްދުގައި ދުއްވާ ހުރިހާ ކަނޑު އުޅަނދުފަހަރުގެ ހަރަކާތްތައް ރިއަލްޓައިމްކޮށް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ މިއީ ބައިނަލްއަގުވާމީ ފެންވަރުގެ ޕޯޓުތަކުގައި ވެސް އެތަންތަނުގެ ހިންގުން ހަރުދަނާކުރުމަށާއި ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ބޭނުންކުރަމުން އަންނަ ޒަމާނީ ސިސްޓަމެެއް ކަމަށެވެ.