އިމިގްރޭޝަނަށް 70 މުވައްޒިފުން ނަގަނީ

މުހައްމަދު ހަމީޒް
 
6 މަސް ކުރިން

މޯލްޑިވްސް އިމިގްރޭޝަނަށް 70 މުވައްޒިފުން ނެގުމަށް ވޯކިން އިންޓަވިއުއެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އިމިގްރޭޝަނުން ބުނީ އެ އިދާރާއަށް 70 މުވައްޒިފުން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވޯކިން އިންޓަވިއު އޮންނާނީ އަންނަ މަހުގެ ފުރަތަމަ ދުވަހު ސޮލާހުއްދީން ސުކޫލުގަ އެވެ.

އެސިސްޓަންޓް އިމިގްރޭޝަން އޮފިސަރުގެ މަޤާމަށް 70 މުވައްޒިފުން ނަގާއިރު އެ މީހުންނަށް އަސާސީ މުސާރައިގެ ގޮތުގައި 6500 ރުފިޔާ އަދި ސަރވިސް އެލަވަންސްގެ ގޮތުގައި 1500 ރުފިޔާ ލިބޭނެ އެވެ. އަދި ސްޕެޝަލް ސަރވިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ލިބޭނެ އެވެ. މި ފައިސާ ލިބޭނީ ބޭސިކް ޓްރެެއިން ފުރިހަމަ ކުރުމުންކަމަށް އިމިގްރޭޝަނުން ބުންޔެވެ.

މި ވަޒީފާއަށް ކުރިމަތިލާ މީހަކީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން ޑީ ގުރޭޑް ލިބިފައިވުމާއެކު ސެކަންޑަރީ ސުކޫލް ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިހާބުގައި ދިވެހި މާއްދާއިން ދަށްވެގެން ސީ ގުރޭޑް ލިބިފައިވާ މީހަކަށް ވާން ޖެހެ އެވެ. ނޫނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓިފެކްޓް ތިނެއް ހާސިލުކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ.