ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫނު އަތޮޅަށް ކުރައްވަމުން ގެނަފަވާ ދަތުރު ފުޅުގެތެރެއިން މިއަދު ނޫނު މަނަދޫ ހޮސްޕިޓަލުގެ އާ އިމާރާރުގެ ބިންގާ އަޅައިފިއެވެ.
މި އިމާރާތަކީ 50 އެނދުގެ ޖާގައިގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލުގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމަން މުއްދަތުދީފައިވާ އިރު، މި ހޮސްޕީޓަލުގެ މަސައްކަތަށް 187 މިލިއަންރުފި ވަނީ ބަޖެޓުކޮށްފައެވެ.
މީގެ އިތުރުން، މި ހޮސްޕިޓަލުގައި ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީއެއް ތަރައްގީ ކުރުމަށްވަނީ ޕްލޭން ކުރެވިފައެވެ. މި ހޮސްޕިޓަލުގެ ހިންގުމުގެ ހަރަދު ކުޑަ ކުރުމުގެ ގޮތުން ޒަމާނީ ސޯލާ އެނާޖީ ބޭނުންކޮށްގެން ކަރަންޓުދެވޭނެ ނިޒާމެއް ތަރައްގީ ކުރުމަށް ވަނީ ހަމަ ޖެހިފައެވެ.