މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒް މިއަދު އެ މަގާމުން ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ބުނީ އެމްޑީގެ މަގާމުންނާއި ބޯޑު މެންބަރުކަމުން މިއަދުން ފެށިގެން ނިޔާޒް ވަަކިކޮށްފައިވާ ކަމަށެވެ. އައްޑޫ މީދު އަށް ނިސްބަތްވާ ނިޔާޒް އެމްޓީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރީ 2023 ގެ ނޮވެމްބަރު މަހުގެ ފަހުކޮޅު އެވެ.
އޭނަ ކުރިން އެ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ބޯޑު ޑިރެކްޓަރުކަމާއި އޮޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް މެނޭޖަރުކަން ވެސް ކުރެއްވި އެވެ.
ނިޔާޒަކީ އެމްޓީސީސީގެ ޗެއާމަންކަމާއި އެސްޓީއޯގެ ޗެއާމަންކަމުގެ އިތުރުން އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަން ކުރެއްވި ބޭފުޅެކެވެ.
އޭނަ އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ރޮނގުން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. އޭނަ ކުރިން އެ އެވެ.