އިތިއޯޕިއާ ދެމެދު ދަތުރުތައް ފަށަން އެއްބަސްވުމެއް

މުހައްމަދު ހަމީޒް
 
1 ދުވަސް ކުރިން

ރާއްޖެ އާއި އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުތައް ފެށުމާ ބެހޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީނެވެ. އިތިއޯޕިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް ޔޮއާނަސް އަބޭރާ ބެލެޓޭއެ ވެ.

އަމީން ވިދާޅުވީ އިތިއޯޕިއާއަކީ އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވައިލި 6 ވަނަ ގައުމު ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ އެއާލައިންތަކުގެ މެދުގައި ޝެޑިއުލް ސީދާ ދަތުރުތައް ފެށުމުގެ މަގު ފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން، އެފްރިކާ ބައްރުގެ އެންމެ ބޮޑު އަދި ވައިގެ ދަތުރުފަތުރުގެ އެންމެ ފުޅާ ވިއުގައެއް ގާއިމުކޮށްފައިވާ އިތިއޯޕިއަން އެއާލައިންސްއިން އެ ގައުމުގެ ވެރިރަށް އެޑިސް އަބާބާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން އިތިއޯޕިއާ އަށް ސީދާ ދަތުރުތައް ކުރުމަށް ވެސް އެއްބަސްވުމުގެ ދަށުން މަގުފަހިވާނެ އެވެ.

އަމީން ވަނީ އަމީން ދެ ގައުމުގެ ދެމެދުގައި ގާއިމުކުރި އެއްބަސްވުމުގެ ލާބަ އއި މަންފާ އެންމެ ފުރިހަމަ ގޮތުގައި ހޯދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ޓޫރިޒަމްގެ ސިނާއަތުގެ ބައިވެރިންނަށާއި ވިޔަފާރިވެރިންނަށް އިލްތިމާސް ވެސް ކުރައްވައިފަ އެވެ.