ހެލިކޮޕްޓަރުގެ ހިދުމަތް އަންނަ މަހު ބަޔަކާ ހަވާލު ކުރަނީ

މުހައްމަދު ހަމީޒް
 
13 ގަޑިއިރު ކުރިން

ރާއްޖޭގައި ވިޔަފާރި އުސޫލުން ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް އަންނަ މަހުގެ ތެރޭގައި ބަޔަކާއެކު ހަވާލު ކުރާނެ ކަމަށް ސިވިލް އޭވިއޭޝަން މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް އޭނަ ވިދާޅުވީ އެ ހިދުމަތ ފަށަން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ލިބިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އެހެންވެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތާއި ހިސާބަަށް ގޮސްފައިވާ ކަަމަށް އަމީން ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތް ދޭން އަންނަ މަހު ބަޔަކާ ހަވާލު ކުރަން ސޮއިކުރުމަށްފަހު، ރާއްޖޭގެ ސިވިލް އޭވިއޭޝަން ޤަވާއިދުތަކުގެ ދަށުން އެ ބަޔަކަށް އެއާ އޮޕަރޭޓާ ސެޓްފިކެޓް ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހެލިކޮޕްޓަރުގެ ހިދުމަތަކީ ޓޫރިސްޓުން އުފުލުމުގެ އިތުރަށް ސާޗް އެންޑް ރެސްކިއު އާއި މެޑިކަލް އިވެކުއޭޝަންތަކަށް ވެސް ބޭނުން ކުރާނެ ހިދުމަތެކެވެ.

އަމީން ވިދާޅުބީ ޚިދުމަތް ފަށާ ފުރަތަމަ ތިން އަހަރު ދުވަހު، ކޮންމެ މަހަކު އެއްވެސް އަގަކާ ނުލާ 50 ގަޑިއިރަށް މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް ދޭންޖެހޭނެ ކަމަށް އެއްބަސްވުމުގައި ހިމެނޭ ކަމަށެވެ. އެކަމަކު ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ސަރުކާރުން އަގު ދައްކާނެ އެވެ.

ހެލިކޮޕްޓަރުހެ ޚިދުމަތް ދިނުމަށް ހުއްދަ ދޭން ނިންމާފައި ވަނީ 10 އަހަރުގެ މުއްދަތަށެވެ. ސަރުކާރުގެ އަމާޒަކީ، އެންމެ ލަސްވެގެން އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ރަސްމީކޮށް ފެށުމެވެ.

ރާއްޖޭގައި މީގެ އަހަރުތަކެއް ކުރިން ވެސް ހަމިންބާޑްގެ ނަމުގައި ވިޔަފާރި އުސޫލުން ހެލިކޮޕްޓަރުގެ ހިދުމަތް ދީފައިވެ އެވެ.