މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގެ ޗެއާޕާސަން ކަމުގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.
އެކަން ކުންފުނިތަކާއި ބެހޭ އިދާރާ -- ޕީސީބީން ވަނީ ހާމަކޮށްފަ އެވެ. ޕީސީބީން ބުނީ އެމްޓީސީސީގެ ޗެއާޕާސަން ކަމުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ދަޕްތަރު ނަންބަރ ރސ 14819، ސަޢާދާ އިބްރާހިމް އައްޔަނުކޮށްފައިވާ ކަމަށެވެ.
އެމްޓީސީސީގެ ޗެއާޕާސަން ކަމުގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރައްވާފައިވާއިރު އެ ކުންފުނީގެ ޗެއާޕާސަން ކަމުގައި ކުރީން ހުންނެވި މުހައްމަދު އަފީފް ހުސައިން ވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ގެ މަޤާމަށް އައްޔަނު ކުރައްވާފަ އެވެ.