މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް އެ މަގާމުން ވަކިކޮށްފިއެވެ.
ދައުރު ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުން، މަގާމުން ވަކިކުރިކަން އެނޫހަށް ޝަރީފް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި އެ ނޫހަށް މައުލޫމާތު ދެއްވި ގޮތުގައި، އޭނާ މަގާމުން ވަކިކޮށްފައިވަނީ ވަޒީފާގެ އެއްބަސްވުން ބާތިލުކުރުމަށްފަހު ފޮނުވި ރަސްމީ ލިޔުމަކުންނެވެ.
ޝަރީފް މަގާމުން ވަކިކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށާއި، މުވައްޒަފުންގެ އަދަދު މަދުކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދީފައިވާ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް މައުލޫމާތު ލިބެއެވެ.
އެމްޓީސީސީގެ ޑީއެމްޑީގެ މަގާމަށް އައްޔަންކުރުމުގެ ކުރިން ޝަރީފަކީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ނަން އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ސަރުކާރު ކުންފުނިތަކުގެ އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ ތެރެއިން ބައެއް އިސް މަގާމުތަކަށް މި ދުވަސްވަރު ދަނީ ބަދަލުތައް އަންނަމުންނެވެ.