ވޯލްޑްކަޕް 2026: ފްރާންސަށް ފަސޭހަ މޮޅެއް!

މުހައްމަދު ހަމީޒް
 
10 ގަޑިއިރު ކުރިން

ވޯލްޑް ކަޕްގައި މޫސުން ގޯސްވުމުގެ ސަބަބުން ގިނަ އިރުތަކެއް ވަންދެން މެޗު މެދުލަނޑާލުމަށްފަހު، އިރާގް ކައިރިން ފްރާންސް ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ލިންކަން ސްޓޭޑިއަމްގައި ބޭއްވި މި ކުރިމަތިލުން ފްރާންސުން ކާމިޔާބުކުރީ 0-3 ގެ ތަފާތަކުންނެވެ.

މެޗު ފެށިގެން ފްރާންސްގެ ފަރާތުން ފެނުނީ ވަރުގަދަ ކުޅުމެކެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ ވަނީ އޭރިއާގެ ބޭރުން ފޮނުވާލި ހަމަލާއަކުން ފްރާންސަށް ކުރި ހޯދައިދީފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ މެދުތެރެއިން ދިން ހައިޑްރޭޝަން ބްރޭކަށް ފަހު، ފްރާންސަށް ލަނޑު ޖަހާނެ ފުރުސަތުތައް ހޯދުމަށް ދަތިތަކަކާ ކުރިމަތިވިއެވެ. މި ވަގުތުކޮޅުގެ ތެރޭގައި އިރާގުގެ ކެޕްޓަން އައިމަން ހުސައިނަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނު ނަމަވެސް، އިރާގުން ވަނީ ބޯޅަ ހިފަހައްޓައިގެން ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ދޮޅުގަޑިއިރަށް މެޗު މެދުކަނޑާލުމަށްފަހު، ދެވަނަ ހާފުގައި ފްރާންސް ފެނުނީ އާ ހިތްވަރަކާއެކުގައެވެ. ފްރާންސްގެ ދެވަނަ ލަނޑަކީ އިރާގުގެ ކީޕަރު އަހުމަދު ބާސިލަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އެމްބާޕޭ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ އުސްމާން ޑެމްބެލޭއެވެ.

މެޗުގެ ތެރެއިން ފްރާންސަށް ލީޑު އިތުރަށް ފުޅާކުރަން އެތައް ފުރުސަތެއް ލިބުނެވެ. އެގޮތުން އެޑްރިއަން ރަބިއޮޓާއި މައިކަލް އޮލީސޭ ފޮނުވާލި ހަމަލާތައް ކާމިޔާބެއް ނުވިއެވެ. ފްރާންސްގެ ތިންވަނަ ލަނޑު ޖަހައިދިނީ ޑެމްބެލޭއެވެ. އޮލީސޭ ތަނަވަސްކޮށްދިން ފުރުސަތަކުން ޑެމްބެލޭ ޖެހި މި ލަނޑަކީ ބޮޑު މުބާރާތެއްގައި އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މެޗުގެ ފަހުބައިގައި އިރާގުން ލަނޑު ޖަހަން މަސައްކަތް ކުރި ނަމަވެސް، ރެބިން ސުލާކާ އާއި އަލީ އަލް ހަމާދީއަށް ލިބުނު ފުރުސަތުތައް ބޭކާރުވިއެވެ. އަދި މެޗު ނިމެން އުޅެނިކޮށް އެމްބާޕޭއަށް ހެޓްރިކް ހަދަން ލިބުނު ފުރުސަތުވެސް ކާމިޔާބެއް ނުވިއެވެ.

މި މޮޅާއެކު ފްރާންސް މިހާރު އޮތީ ހަ ޕޮއިންޓާއެކު ގްރޫޕް 'އައި' ގެ އެއްވަނައިގައެވެ. އިރާގު އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ގްރޫޕްގެ އެންމެ ފުލުގައެވެ.