ޑޮލަރު ކާޑުން ވިޔަފާރި ކުރަން ލިމިޓެއް ނެތް: ބީއެމްއެލް

މުހައްމަދު ހަމީޒް
 
4 ގަޑިއިރު ކުރިން

ޑޮލަރު އެކައުންޓުން ކާޑު ބޭނުންކޮށްގެން ރީޓެއިލް ވިޔަފާރި ސައިޓްތަކުން ވިޔަފާރި ކުރުމަށް ކަސްޓަމަރުންނަށް އެއްވެސް ލިމިޓެއް ކަނޑައަޅާފައި ނެތް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ދިވެހިން އާންމުކޮށް އޮންލައިންކޮށް ވިޔަފާރި ކުރަމުން އަންނަ ބޭރުގެ ބައެއް ވިޔަފާރިތަކުން މަހަކު ކުރެވޭ މުއާމަލާތްތައް ލިމިޓްކުރުމާ ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުމާ ގުޅިގެން ގައުމީ ބޭންކުން ބުނީ ޓީމޫ، ޝެއިން ފަދަ ރީޓެއިލް ވިޔަފާރި ސައިޓްތަކުން ޑޮލަރު އެކައުންޓުން ކާޑު ބޭނުންކޮށްގެން ކަސްޓަމަރަކު ބޭނުންވާ އަދަދަކަށް ވިޔަފާރި ކުރެވޭނެ ކަމަށެވެ. އަދި އެކަމަށް ބޭންކުން ލިމިޓެއް ކަނޑައަޅާފައި ނުވާނެ ކަމަށް ބުންޏެވެ.

ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި މިކަން ސާފުކޮށް ދެއްވައި ވިދާޅުވީ ބޭންކުން ހަމައެކަނި އަޅާފައިވާ ފިޔަވަޅަކީ އެފަދަ ސައިޓްތަކުގައި ރުފިޔާ ކާޑުން ކުރާ މުއާމަލާތަށް އެ ބޭންކުން ޑޮލަރު ވިއްކާ އަދަދު ވަކި ލިމިޓަކަށް ހަމަޖެއްސުން ކަމަށެވެ.

ރާއްޖެ އިން ބޭރުން ރުފިޔާއިން ކުރާ ކޮންމެ މުއާމަލާތަކަށްވާ ޑޮލަރު ބީއެމްއެލުން ބޭރަށް ފޮނުވަން ޖެހެ އެވެ. އެގޮތުން މަހަކު 30 ޓްރާންސެކްޝަނަ ށްވުރެ އިތުރަށް ޓްރާންސެކްޝަން ހަދާ ކަމަށް މިހާތަނަށް ފާހަގަވެފައިވަނީ 3 ކަސްޓަމަރުން ކަމަށް ބޭންކުން ބުނެފައިވެ އެވެ.

ބީއެމްއެލުން ބުނީ މިހާރު ގެނެސްފައިވާ ބަދަލަކީ އޮންލައިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ގެނެވުނު ހެޔޮ ބަދަލެއް ކަމަށެވެ.