މާލޭގެ މޭޔަރު އާދަމް އާޒިމް

އާޒިމަށް ދިން ހަމަލާގެ ތަހުގީގު ފުލުހުން ފަށައިފި

މުހައްމަދު ހަމީޒް
 
2 ގަޑިއިރު ކުރިން

މާލޭގެ މޭޔަރު އާދަމް އާޒިމަށް ހަމަލާ ދޭން އުޅުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

މޭޔަރުގެ ދެވަނަ ދައުރަކަށް ވެސް އިންތިހާބުވެފައިވާ އާޒިމަށް ހަމަލާ ދޭން މީހަކު އުޅެފައި ވަނީ އިއްޔެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރޭގަ އެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުވެފައިވާ އިރު، މުޒާހަރާގެ ބައިވެރިންނާ އެކު އާޒިމް ކުރިއަށް ދަނިކޮށް، މަގުމަތިން މީހަކު ގޮސް އޭނަގެ މޭމަތީގައި ޖަހައި ކޮށްޕާލާ މަންޒަރު ފެނެ އެވެ.

އެކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެކަން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އާޒިމަށް ދިން ހަމަލާ އެމްޑީޕީގެ ބައެއް ވެރިން ވެސް ކުށްވެރިކޮށް، އޭނަ އަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދޭން ގޮވާލާފައިވާ އިރު، އާޒިމަށް ހަމަލާ ދޭން އުޅުނު މައްސަލަގައި ސަރުކާރުން ވެސް ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައިވެ އެވެ.