ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމް

ނާޒިމްގެ މައްސަލައެއްް ނުބަލަން: އިހުސާން

މުހައްމަދު ހަމީޒް
 
6 ގަޑިއިރު ކުރިން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމުގެ އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުން ނުދާ ކަމަށް ހޯމްލޭންޑް ސިކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕީއެންސީގެ ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވާ ނާޒިމް، މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން މިދިޔަ ހޯމަ ދުވަހު ވަނީ ވަކިކޮށްފަ އެވެ. އެއާ އެކު، އޭނާގެ މަައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން ހިންގަމުންދާ ކަމަށް ވެސް އަޑުތައް ފެތުރުނެެވެ.

ހޯމްލޭންޑް މިނިސްޓްރީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު އެ ސުވާލުކުރުމުން އިހުސާން ވިދާޅުވީ އެއީ ދޮގު މައުލޫމާތެއް ކަމަށާއި އެފަދަ އެއްވެސް ތަހުގީގެއް ހިންގަމުންނުދާ ކަމަށެވެ.

"ތިޔަ މައުލޫމާތު ދެއްވާ ފަރާތް ބަދަލުކުރަން ޖެހޭ. ރަނގަޅު މައުލޫމާތެއް ނޫން އެދެނީ އިނގޭތޯ. ރަނގަޅު މައުލޫމާތުދޭ ފަރާތްތައް ހޯދަންޖެހޭ. އެއްވެސް ހަގީގަތެއް އޮތް މައުލޫމާތެއް ނޫން އެއީ. އެއްވެސް ތަހުގީގެއް ނުހިންގަން،" އިހުސާން ވިދާޅުވި އެވެ.