ގޭސް ސްޓޮކް އެބަހުރި، ތެލާއި ގޭހަށް ދައްޗެއް ނުވާނެ: ޒަމީރު

ނާއިފް ހަލީމް
 
2 ގަޑިއިރު ކުރިން

ރާއްޖޭގައި ގޭސް ސްޓޮކް އެބަހުރި ކަމަށާ ތެލާއި ގޭހަށް ދައްޗެއް ނުވާނެ ކަމުގެ ޔަޤީންކަން މާލީ ވަޒީރު މޫސާ ޒަމީރު ދެއްވައިފި އެވެ.

އެމަނިކުފާނު އެ ޔަޤީންކަން ދެއްވީ  ރާއްޖޭގެ މީޑިއާއެއްކަމަށްވާ އެމްއެމްޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގަ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން މިއަދު ކުރިއަށްގެންދިޔަ ހުޅުމާލެ އުތުރު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން އެމްއެމްޓީވީއާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މިހާރު ފެށިފައިވާ ހަނގުރާމައާ ގުޅިގެން އަސާސީ ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން އަސާސީ ބާވަތްތައް ހުސްނުވެ ލިބޭނެކަން ކަށަވަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން ކަމާގުޅޭ ވަޒީރުންގެ ކޮމެޓީން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ހަމަޖެއްސުން ޚާއްސަ އިސްކަމެއް ދެމުންދާ ކަމަށެވެ.