އަނެއްކާވެސް ހޯރްމޫޒް ކައިރިން ތެޔޮ ޓޭންކަރަކަށް ހަމަލާއެއްދީފި

މުހައްމަދު ހަމީޒް
 
2 މަސް ކުރިން

ޢުމާންގެ އައްސޭރިފަށުން ދަތުރުކުރަމުންދިޔަ ތެޔޮ ޓޭންކަރަކަށް ޑްރޯން ހަމަލާއެއް އަމާޒުވެ، އޭގެއިން ދަތުރުކުރި ފަޅުވެރިއަކު މަރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ސްޓްރެއިޓް އޮފް ހޯރްމޫޒްއަށް ވަނުމަށް އެ އުޅަނދު މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަލާއަކީ މިސައިލް ބޭނުންކޮށްގެން ދީފައިވާ ހަމަލާއެކެވެ.

މި ހަމަލާގައި މަރުވި ފަޅުވެރިޔާއާ ބެހޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން މިހާތަނަށް އުފުލާފައެއް ނުވެއެވެ.

މި ސަރަޙައްދަކީ ބައިނަލްއަޤްވާމީ ތެޔޮ އުފުލުމުގައި މުހިންމު މަގަކަށްވާއިރު، މިއީ މަފަދަ ހަމަލާއެއްދިން 4 ވަނަ ފަހަރެވެ. އީރާނުންވަނީ ހަނގުރާމަ ފެށުމާއި އެކު މި ސަރަހަދު ބަންދުކޮށްފައެވެ.