އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

ނަތަންޔާހޫގެ އޮފީހަށް ވަރުގަދަ ހަމަލާއެއްދީފި

މުހައްމަދު ހަމީޒް
 
2 މަސް ކުރިން

ސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހަށާއި އެ ގައުމުގެ އެއާފޯސް ހެޑްކުއާޓަރަށް އަމާޒުކޮށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ.

އައިއާރުޖީސީން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާއަކީ 10 ވަނަ ރާޅުގެ ގޮތުގައި ދިން އަމާޒުކުރެވިފައިވާ ހަމަލާތަކެކެވެ. މި ހަމަލާތައް ދިނުމަށް ބޭނުންކޮށްފައިވަނީ އީރާނުގައި އުފައްދާފައިވާ "ޚައިބަރު ޝެކަން" މަރުކާގެ ބެލިސްޓިކް މިސައިލްތަކެއް ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މި ހަމަލާތައް އަމާޒުކޮށްފައިވަނީ ތަލް އަވީވްގައި ހުންނަ ނަތަންޔާހޫގެ އޮފީހުގެ އިތުރުން އިސްރާއީލުގެ ވައިގެ ސިފައިންގެ މައި މަރުކަޒަށެވެ. މިއީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި އީރާނުން ދިން ވަރުގަދަ ހަމަލާތަކެކެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާއީލަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި މިހާތަނަށް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މި ހަމަލާއަކީ އީރާނުން އިސްރާއީލުގެ މުހިންމު މަރުކަޒުތަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.