ރައްޔިތުންގެ މަޖިލިސް ތަޅުމުން | ފޮޓޯ: ރައްޔިތުންގެ މަޖިލިސް

2 އިންތިހާބު އެއްކޮށްލާ ބިލް މަޖިލީހުން ފާސްކޮށްފި

މުހައްމަދު ހަމީޒް
 
3 ދުވަސް ކުރިން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލިހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިދިޔަ ޖެނުއަރީ މަހު ހުށަހެޅުއްވި އެ ބިލް ދިރާސާކުރުމަށްފަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް ކޮމިޓީ ރިޕޯޓް މިއަދު ވަނީ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފައެވެ. އެ ރިޕޯޓަށް ބަހުސްކުރައްވަމުން އިދިކޮޅު މެންބަރުން ވަނީ މިއީ ސަރުކާރުން އަވަސް އަރުވާލައިގެން ކުރާ ކަމެއް ކަމަށް ތުހުމަތުކުރައްވައި މަޖިލީހުގެ ތަޅުމުގައި އިހުުތިޖާޖް ކުރައްވައިފައެވެ.

ނަމަވެސް ގިނަ މެންބަރުން ވިދާޅުވީ މިއީ ވަރަށް ރަނގަޅު އިސްލާހެއް ކަމަށާއި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް މިއީ މުހިންމު ބިލެއް ކަމަށެވެ.

ދެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހަށް މަޖިލިސް މެންބަރުންގެ މެދުގައި ނެގުނު ވޯޓުގައި 72 މެންބަރުންގެ ވޯޓާއެކު އެ އިސްލާހު ވަނީ ފާސްކޮށްފައެވެ. އެ ބިލާ ދެކޮޅަށް އެއް މެންބަރުން ވަނީ ވޯޓު ދީފައެވެ.