ރައްޔިތުން ހޭލުންތެރިިކުުރުވުމުގެ ޕްރޮގްރާމެއް މަޑިފުށީގައި ބޭއްވި ހަރަކާތުގެ ތެރެއިން

ރައްޔިތުން ހޭލުންތެރިިކުުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް މަޑިފުށީގައި ކުރިއަށް ގެންގޮސްފި

މުހައްމަދު ހަމީޒް
 
12 ގަޑިއިރު ކުރިން

ތ. މަޑިފުށީ ރައްޔިތުން ހޭލުންތެރިިކުުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް އެ ރަށު ޕޮލިސް ޕޯސްޓުން ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ރަށުގެ އެކި ސަރަހައްތަކާއި ގޭބިސީތަކާއި ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ރަމަޟާންމަހު އާންމުކޮށް ހިނގާ ކުށްތަކާއި، ކުށް ހިނގާ ގަޑިތައް އަދި މުދަލާއި ގެދޮރުުގެ ރައްކާތެރިކަމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން އިރުޝާދުދީފައިވެއެވެ.

ހާއްސަކޮށް، ރަމަޟާންމަހުގެ އެންމެ ހެނދުނުގެ ވަގުތާއި، ނަމާދު ވަގުތު ތަކުގައި ގޭބިސީތަކާއި ފިހާރަތައް ތަޅުލެވިފައިވޭތޯ ބަލައި ރައްކާތެރިވުމަށާއި ވައްކަންކުރާ ފަރާތްތަކަށް ފުރުސަތު ނުދިނުމަށް އިރުޝާދުދީ ހޭލުންތެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ގެދޮރު ޒީނަތްތެރިކުރުމަށާއި، ފަރުނީޗަރު ބަދަލުކުރުމާއި، އިލެކްޓްރޯނިކް ވަސީލަތްތަކާއި، ބަދިގޭގައި ބޭނުންކުރުމަށް އޮންލައިންކޮށް ތަކެތި ގަންނަނަމަ ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. އަދި ސްކޭމްގެ މައްސަލަތަކުން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. 

ފުލުހުންދަނީ މިފަދަ ގިނަ ހަރަކާތްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުންނެވެ.