މަސްތުވާތަކޭތީގެ މައްސަލައެއްގައި ހައްޔަރުކުރި 2 މީހުންގެ ވަނަވަރު | ފޮޓޯ: ޕިލިސް

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި

މުހައްމަދު ހަމީޒް
 
15 ގަޑިއިރު ކުރިން

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީއާއި މ. މުލަކުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. މުލައް / އާގެ، ޝާމު ޢަބްދުލްޤާދިރު (26އ) އާއި ހދ .ނޭކުރަންދޫ / ޝާރާޒް، އަޙްމަދު އިބްރާހީމް (46އ) އެވެ

މި ދެ މީހުންގެ ތެރެއިން ޝާމު ޢަބްދުލްޤާދިރު ހައްޔަރުކޮށްފައިވަނީ މި ފެބުރުވަރީ މަހުގެ 1 ވަނަ ދުވަހު މުލަކު ޕޮލިހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައި ފާސްކޮށްފައިވެއެވެ. މުލަކު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ރަބަރު ޕެކެޓު ފެނިފައިވެއެވެ.

އަޙްމަދު އިބްރާހީމް ހައްޔަރުކޮށްފައިވަނީ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީން ނޭކުރެންދުއަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ކުޅުދުއްފުށި ސިޓީ ޕޮލިހުން ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަންގައި، ކުޅުދުއްފުށީ ފަޅުގައި އޮތް ލޯންޗެއްގައި ހުއްޓައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރުކޮޅު ފެނިފައިވެއެވެ.

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝާމު ޢަބްދުލްޤާދިރު ފަސް ދުވަހަށް އަދި އަޙްމަދު އިބްރާހީމް ހަތް ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.