ކުރީގެ ރައީސް ވަހީދު --

އެޕްސްޓީންއާ ގުޅުން ބޭއްވި މައްސަލަ ހޫނުވެ ސްޕެޝަލްއެންވޯއިކަމުން ރައީސް ވަހީދު އިސްތިއުފާދެއްވައިފި

ނާއިފް ހަލީމް
 
15 ގަޑިއިރު ކުރިން

ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ. 

އެމަނިކުފާނުގެ އިސްތިޢުފާގެ ސިޓީވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައެވެ.

ވަޙީދު އެ މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ, ހުތުރު, ބޮޑެތި, ތުހުމަތުތަކެއް ކޮށް, ޖަލަށް ލައިފައި ވަނިކޮށް 2019 ވަނަ އަހަރު މަރުވި އިސްރާއީލުގެ ޖާސޫސީ އެޖެންޓެއް ކަމަށްވާ އެމެރިކާގެ ބިލިޔަނަރު ޖެފްރީ އެޕްސްޓީން އާއި ވަހީދު, މެއިލް މެދުވެރިކޮށް ދެއްކެވި ކަމަށް ބުނާ ވާހަކަފުޅުތަކެއް އާއްމު ވެފައިވާ ދަނޑިވަޅެއްގައެވެ