ވޯލްޑް ގަވަމަންޓްސް ސަމިޓަށް، ފޮރިން މިނިސްޓަރު ޚަލީލް ދުބާއީއަށް

ނާއިފް ހަލީމް
 
1 ދުވަސް ކުރިން

ވާލްޑް ގަވަމަންޓްސް ސަމިޓް 2026ގައި ދިވެހި ވަފުދުގެ އެންމެ އިސްވެރިޔެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް، ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ދުބާއީއަށް ފުރާވަޑައިގެންފިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ އެ ސަމިޓް ކުރިޔަށް ދާނީ މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ސަމިޓަށް ވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގައި، މިނިސްޓަރު ޚަލީލްގެ އިތުރުން ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފާއި ސަފީރުގެ ނާއިބު ޙައްސާން ވަޙީދާއި އެސިސްޓެންޓް ޑިރެކްޓަރު ޢައިޝަތް ލީން ފަޒީޙް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

ވޯލްޑް ގަވަމަންޓްސް ސަމިޓަކީ ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު، މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ އިސްނެންގެވުމުގެ މަތިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބައިނަލްއަގުވާމީ ބައްދަލުވުމެކެވެ.