ހިތަދޫ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު | ފޮޓޯ: އެމްޓީސީސީ

ހިތަދޫ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް ބާރަށް ކުރިއަށް!

މުހައްމަދު ހަމީޒް
 
10 ދުވަސް ކުރިން

އައްޑޫ ސިޓީ ހިތަދޫގައި ގާއިމުކުރާ ރީޖަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަސައްކަތް މިއަހަރުގެ އޮގަސްޓު މަހަށް ނިންމުމަށް ސަރުކާރުން މިސައްކަތުގެ ސްޕީޑު އަވަސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫޢުގެ 13 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ދެ ފަންގިފިލާއަށް އިމާރާތްކުރާ މި ސެންޓަރަކީ ކާރިސާތަކުގެ ވަގުތުގައި އަވަސްކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާނެ މީޓިން ރޫމްތަކާއި، ކޭޓްރިން ޚިދުމަތާއި، ގުދަންތަކުގެ އިތުރުން ގެދަރިން ހޯލްތައް ހިމެނޭހެން ފަރުމާކޮށްފައިވާ ތަނެކެވެ. މި ސެންޓަރުގެ ސަބަބުން ގުދުރަތީ އަދި އެހެނިހެން ކާރިސާތަކުގައި ރައްޔިތުންނަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދެވޭނެއެވެ.

މީގެއިތުރުން، ކާރިސާތަކުން ލިބޭ ގެއްލުންތައް ރިޕޯޓުކުރުމާއި ތަފާސްހިސާބު ބެލެހެއްޓުން ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ 'ޑާލާ' ޕޯޓަލް އިފްތިތާހުކޮށްފައެވެ. މި ޑިޖިޓަލް ނިޒާމުގެ ސަބަބުން ގެއްލުން ވަޒަންކުރުމާއި، ބަދަލު ދިނުމުގެ މަރުހަލާތައް ކުރިއަށްވުރެ ފަސޭހަވެ، އަވަސްވެގެންދާނެއެވެ.