އަދީލް އާއި މުޝްރިފް --

އައްޑޫގެ މޭޔަރުކަމުގެ ރޭހުން ޑރ. އަދީލް ދުރަށް، މުޝްރިފްއަށް ޓިކެޓު ޔަގީން ވެއްޖެ

މުހައްމަދު ހަމީޒް
 
19 ދުވަސް ކުރިން

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޓިކެޓުގައި އައްޑޫގެ މޭޔަރު ކަމަށް ކުރިމަތިލުމަށް ޕްރައިމަރީ ގައި ކެމްޕެއިން ކުރަމުން ދިޔަ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު އަދީލް ނަސީރު މިއަދު އޭނާގެ ނަން އަނބުރާ ގެންދަވައިފިއެވެ.

ޕީއެންސީގެ އޮފިޝަލަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި އަދީލް ނަން އަނބުރާ ގެންދިޔައީ އަމިއްލަ އަށް ބޭނުންވެގެންނެވެ. އަދީލްގެ ނަން އަނބުރާ ގެންދެވުމުން އައްޑޫ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓު ލިބުނީ މޭޔަރުކަމުގެ ޕްރައިމަރީއަށް ކުރިމަތިލެއްވި އަނެއް ކެނޑިޑޭޓު މުޝްރިފް އަލީ އަށެވެ. އެހެންވެ މާދަމާ އައްޑޫގެ މޭޔަރުގެ ޕްރައިމަރީއެއް ނުބާއްވާނެއެވެ.

އަދީލް ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރަނިންމޭޓެއްގެ ގޮތުގައި ކެމްޕެއިން ކުރައްވައި، 2019 ވަނަ އަހަރު ހިތަދޫ ދެކުނު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައިފައެވެ.