އޮޕަރޭޝަން އަލިމަގުގައި އައްޑޫއިން ހައްޔަރުކުރި ޑުރަގުގެ ބޮޑުން -- ފޮޓޯ: ޕޮލިސް މީޑިއާ

ޑްރަގު އޮޕަރޭޝަން: އައްޑޫ އިން ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

މުހައްމަދު ހަމީޒް
 
1 މަސް ކުރިން

އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލާގައި މިދިޔަ ހަފުތާގައި ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އޮޕަރޭޝަން އަލިމަގުގެ ދަށުން މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަންގައި ފަސް މީހަކު ހައްޔަރުކުރި އެވެ.

އައްޑޫގައި އެންމެ ހަރަކާތްތެރި "މައިލޯ" ގްރޫޕަށް ނިސްބަތްވާ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ނަދީމާއި ހާފިޒު އަދި ސިރާޖުގެ ބަންދަށް ވަނީ 30 ދުވަސް ދީފަ އެވެ. އަލްފާފާއި އަމީން ބަންދުގައި ބަހައްޓަން ކޯޓުން ދިނީ އެންމެ ފަސް ދުވަހެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.

ފުލުހުން މީޑިއާއާ ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ހިތަދޫގެ މި ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުގައި މިދިޔަ ފަސް އަހަރު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވެ އެވެ.