އެމްއެމްއޭ އެފްއައިޔޫގެ ވެރިޔާގެ ސާޖިދު

އެމްއެމްއޭ އެފްއައިޔޫގެ ވެރިޔާގެ މަގާމުން ސާޖިދު މަގާމުން ވަކިކޮށްފި

މުހައްމަދު ހަމީޒް
 
3 މަސް ކުރިން

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓު (އެފްއައިޔޫ)ގެ ވެރިޔާ އިސްމާއިލް ސާޖިދު އެ މަގާމުން ވަކިކޮށްފި އެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ސާޖިދު ސަސްޕެންޑުކުރީ މިދިޔަ ޑިސެމްބަރުގެ 28ގަ އެވެ.

އޭނާ މަގާމުން ވަކިކުރަން މިއަދު ނިންމީ އެ މައްސަލަ ބަލަން އެމްއެމްއޭއިން އެކުލަވައިލި ކޮމެޓީއަކުންނެވެ.

މީގެ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަން ވެސް ކުރެއްވި ސާޖިދު، އެފްއައިޔޫގެ ވެރިޔަކަށް ހަމަޖެއްސީ މިދިޔަ އޮގަސްޓު މަހު ކުރީކޮޅެވެ.