ހއ. ބާރަށާއި ށ. ފުނަދޫގައި 50 ކޮޓަރީގެ ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބީލަމަށް ހުޅުވާލައިފިއެވެ.
ބާރަށުން 71،832 އަކަމީޓަރުގެ ބިން އަދި ފުނަދޫން 3 ހެކްޓަރުގެ ބިން 50 އަހަރަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫޢުތައް 24 މަސްދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގެ އިންވެސްޓަރުންނަށް ހުޅުވާލާފައިވާ މި ބީލަމުގެ ސުންގަޑިއަކީ މާރިޗު 31 އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް، ރަށްރަށުގައި ވަޒީފާގެ ފުރުޞަތުތަކާއި އާމްދަނީ އިތުރުކުރުމަށްޓަކައި ތިމާވެއްޓާ ރައްޓެހި އީކޯ ޓޫރިޒަމް ކުރިއެރުވުމަށް ފެށި މަޝްރޫޢުތަކެކެވެ.