ސާފްގެ ތާރީހީ އަލަތު ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގެ ޗެމްޕިއަން ތަށި ދިވެހިރާއްޖެ އުފުލާލައިފި އެވެ.
ހުރިހާ މެޗަކުން މޮޅުވި ރާއްޖެ ވަނީ ލީގުގައި ބާކީ އެއް މެޗު އޮއްވައި މީގެ ދެ ދުވަސް ކުރިން ޗެމްޕިއަންކަން ޔަގީން ކޮށްފަ އެވެ.
އެގޮތުން އެންމެ ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލި ކުރި އިރު ދެވަނަ މެޗުގައި ބަންގްލަދޭޝް ބަލި ކުރީ 6-1 އިންނެވެ. ޖެހިގެން އައި މެޗުގައި އިންޑިއާއާ ވާދަކޮށް 5-0 އިން މޮޅުވެ، އެއަށް ފަހު ވަނީ ނޭޕާލާ ވަރުގަދަ ވާދައެއް ކޮށް 2-1 އިން މޮޅުވެފަ އެވެ. އަދި ޗެމްޕިއަންކަން ކަށަވަރު ކުރީ ހޮނިހިރު ދުވަހު ފަހަތުން އަރައި 3-1 އިން ބޫޓާން ބަލިކޮށްގެންނެވެ.
ފަހު މެޗުގައި ރާއްޖޭން މިއަދު ވަނީ ސްރީލަންކާ 5-2 އިން ބަލިކޮށް ހަ މެޗުން 15 ޕޮއިންޓް ހޯދައިގެން، ސައްތައިން ސައްތަ މޮޅު ވުމުގެ ރެކޯޑަކާ އެކު މުބާރާތް ނިންމާލައިފަ އެވެ.