ގިލިލަންކަންފުށީ ފަރަށް އިންޑިއާގެ އަސްކަރީ އުޅަނދެއް އަރައިފި

މުހައްމަދު ހަމީޒް
 
3 މަސް ކުރިން

ކ. ހިންމަފުށީ ފަޅުތެރޭގައި އޮންނަ، ގިލިލަންކަންފުށި ރިސޯޓުގެ ފަރަށް އިންޑިއާގެ ކޯސްޓްގާޑު އުޅަނދެއް އަރައިފިއެވެ.

މި އުޅަނދުގެ ބޮޑުބައެއް ފަރުމަތީގައި އޮތް އިރު، އިންޑިއާގެ އެހެން އަސްކަރީ އުޅަނދެއް ބޭނުންކޮށްގެން ކަފުޖަހައިގެން އެ އުޅަނދު ނެގޭތޯ މަސައްކަތް ކުރަމުންދާ ކަމަށް އެ ރިސޯޓުން ޖުމްލައަށް މައުލޫމާތުދިން މީހަކު ވިދާޅުވިއެވެ. މީގެ އތުރުން ދިވެހި ސިފައިންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް ވިދާޅުވިއެވެ.

ފަހަކަށް އައިސް ރާއްޖޭގެ ފަރުތަކަށް ބޭރުގެ އުޅަނދުފަހަރު އެރުމުގެ ހާދިސާތައް އިތުރުވެފައިވާ ކަމެވެ. މީގެ ތެރޭގައި އިންޑިއާގެ އުޅަނދުތައް ގިނަކަން ފާހަގަކުރެވެއެވެ. މިފަދަ ހާދިސާތަކުގައި ފަރުތަކަށް ބޮޑެތި ގެއްލުންތައް ލިބި، އެތައް މިލިއަން ރުފިޔާއަކުން ޖޫރިމަނާ ކުރެވުނު ނަމަވެސް، ދައުލަތަށް އެ ފައިސާ ލިބިފައިވަނީ ވަރަށް މަދު ފަހަރަކުއެވެ. އަދި ޖޫރިމަނާ ފައިސާ ހޯދުމަށް ކޯޓަށް ހުށަހެޅޭ މައްސަލަތައް ވެސް ނުނިމި ދިގުލައިގެންދާކަން ފާހަގަކުރެވެއެވެ.