އާ އަހަރާއެކު އެމްޑަބްލިއުއެސްސީ ކައުންޓަރުތައް 4 ދުވަހަށް ބަންދު، އެކަމަކު ޚިދުމަތް ލިބޭނެ

ނާއިފް ހަލީމް
 
15 ދުވަސް ކުރިން

އާ އަހަރާއެކު އެމްޑަބްލިއުއެސްސީގެ ކައުންޓަރުތަކުގެ ޚިދުމަތް ހަަތަރު ދުވަހަށް ބަންދުވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އާ އަހަރާއެކު މާދަމާ އެމްޑަބްލިއުއެސްސީގެ ކަސްޓަމާ ސާވިސް ކައުންޓަރުތައް ބަންދުވާނެއެވެ.

ނަމަވެސް އޮންލައިންކޮށް ޚިދުމަތްތައް 24 ގަޑިއިރު ވެސް ލިބޭނެ ކަމަށް ބުންޏެވެ.

އެމެޖެންސީ ހާލަތުގައި 105 އަށް ގުޅުމުން ޚިދުމަތް ލިބޭނެކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި އަލުން ޚިދުމަތް ފަށާނީ ޖެނުއަރީ ހަތަރުވަނަ ދުވަހެވެ.