ކުރީގެ ބަންޑާރަ ނައިބު، އިބްރާހިމް ރިފްއަތު - -

ކުރީގެ ބަންޑާރަ ނައިބުވެސް އޭސީސީއަށް

އާއިޝަތު އަނާ ރަޝީދު
 
29 ދުވަސް ކުރިން

ކުރީ ސަރުކާރުން ބަދަލު ދިން މައްސަލަތަކެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންދާ ތަހުގީގަށް އޭރު ބަންޑާރަނައިބަކަށް ހުންނެވި އިބްރާހިމް ރިފްއަތު ވެސް ހާޒިރުކުރަން އަންގައިފިއެވެ އެވެ.


މިއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓު ވަޒީރުންގެ ތެރެއިން އޭސީސީއަށް ހާޒިރުވާން ޗިޓު ލިބުނު ހަތަރު ވަނަ ބޭފުޅާއެވެ. މި މައްސަލައިގައި މިހާތަނަށް އޭސީސީން ވަނީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާ ސުވާލުކޮށް ނިމިފައެވެ.


އޭސީސީން މި މައްސަލައިގައި ސުވާލުކުރަން ބޭނުންވާ އިތުރު ވަޒީރުންގެ ތެރޭގައި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީވެސް ހިމެނެއެވެ.


މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "މިއީ މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން އެމްޑީޕީއަށް ބިރުދައްކަން ހިންގާ ސިލްސިލާ ހަރަކާތެއް" ކަމަށެވެ.


އަދި "ސިޔާސީ ނުފޫޒުގައި ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މި ޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސްކުރައްވާ" ކަމަށްވެސް ސޯލިހު ވިދާޅުވެފައިވެއެވެ.