ހޯމް މިނިސްޓަރ، އަލީ އިހުސާން - -

އެންމެ އެކަށީގެންވާ ގޮތަކީ މަގާމުތަކުގައި ތިބެ ކޮރަޕްޝަން ހުއްޓުވުން: މިނިސްޓަރ އިހުސާން

އާއިޝަތު އަނާ ރަޝީދު
 
7 ދުވަސް ކުރިން

އިދިކޮޅު ފަރާތްތަކުން ކޮރަޕްޝަނާ ދެކޮޅަށް މުޒާހަރާއެއް ބޭއްވުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، ކޮރަޕްޝަން ނައްތާލުމަށް އެންމެ އެކަށީގެންވާ ގޮތަކީ އިސް މަގާމުތަކުގައި ތިބޭއިރު އެކަން ހުއްޓުވުމަށް މަސައްކަތްކުރުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ފާހަގަކުރެއްވި ގޮތުގައި، އިސް މަގާމުތަކުގައި ތިބޭއިރު ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒުކުރުމަކީ މިކަން ހުއްޓުވުމަށް އެޅިދާނެ އެންމެ ހަރުދަނާ ފިޔަވަޅެވެ. އަދި މިހާރުގެ ސަރުކާރުން ކޮރަޕްޝަން ހުއްޓުވުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވައި، ވޭތުވެދިޔަ 15 އަހަރު ސަރުކާރު ހިންގުމުގެ ފުރުސަތު ލިބި، އެކަން ނުކުރެވުނު ފަރާތްތަކުން މިހާރު މަގުމައްޗަށް ނުކުމެ ކުރަން އުޅޭ ކަމަކީ ކޮބައިތޯ ރައްޔިތުން ވިސްނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

https://x.com/min_mohst/status/1972964712947261505?s=46

މި ދަނޑިވަޅުގައި ފާހަގަކޮށްލެވޭ ކަމަކީ، އެމްޑީޕީގެ ވެރިކަމުގައި ފެނަކައިގެ އެމްޑީއަކަށް ހުންނެވި އަހުމަދު ސައީދަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގައި ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވުމާއި، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މޯލްޑިވްސް ގޭސްގެ އެމްޑީ އަބްދުﷲ މައުމޫނަށް ރިޝްވަތުގެ ދެ ދަޢުވާ ސާބިތުވެ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވުމެވެ. އިދިކޮޅުން "ލޫޓުވައިފި ލޫޓުވައިފި" ގެ ނަމުގައި ހުކުރު ދުވަހު ހަވީރު ބާއްވަން ރާވާފައިވާ މުޒާހަރާއަކީ ކުރީގެ ރައީސް ނަޝީދުގެ ބަހުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ، ކޮރަޕްޝަނާ ދެކޮޅު އެންމެންގެ ބައިވެރިވުން މުހިންމު ހަރަކާތެއް ކަމުގައި ފާހަގަކުރައްވާފައިވެއެވެ.