ހިތަދޫ ޕޯޓު - -

ގިނަ އަދަދެއްގެ ސިނގިރެޓާއި ރެޑްބުލް އައްޑޫ ވިޔަފާރިބަނދަރުން ހިފަހައްޓައިފި

އާއިޝަތު އަނާ ރަޝީދު
 
2 މަސް ކުރިން

އައްޑޫ ހިތަދޫގައި އޮންނަ އައްޑޫ ވިޔަފާރި ބަނދަރުން ވަގަށް ކްލިއާ ކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރެޓް، ކަސްޓަމްސް އިން ހިފަހައްޓައިފި އެވެ.

އެ ތަކެތި ހިފެހެއްޓިކަން ކަސްޓަމްސް އިން ކަވަރުކޮށްދިން ނަމަވެސް އޭގެ ތަފްސީލެއް ލިބިފައިނުވެއެވެ. އެހެންވެ، ހިފެހެއްޓި މުދަލުގެ އަދަދެއް ވެސް އަދި ސާފުވާ ގޮތެއް ނުވެ އެވެ.

ސިނގިރެޓާއި ދުންފަތުގެ އެހެން އުފެއްދުންތަކުން ނަގާ ޑިއުޓީ ރާއްޖޭގައި މިފަހުން ބޮޑުކުރި ފަހުން، ޑިއުޓީ ނުދައްކައި ވަގަށް ސިނގިރެޓް އެތެރެކުރަން މަސައްކަތްކުރާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. އެފަދަ ބައެެއް މައްސަލަތައް ފަޅާއަރާފައި ވަނީ ސިނގިރެޓް އެތެރެކޮށް ގުދަން ވެސް ކުރި ފަހުންނެވެ،

ހިފެހެއްޓި ތަކެތީގެ ތެރޭގައި ރެޑްބުލް ހިމެނޭ ކަމަށް ކުރިން ރިޕޯޓްކޮށްފައި ވިޔަސް އެއީ ނައްތާލަން ބަހައްޓާފައި ހުރި ތަކެތި ކަމަށް ވަނީ އެނގިފަ އެވެ.