ކްރިމިނަލް ކޯޓު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ: ފޮޓޯ ގޫގުލް

ފަނޑިޔާރަކަށް ހަމަލާދީގެން މީހަކު ހައްޔަރުކޮށްފި

މުހައްމަދު ހަމީޒް
 
12 މަސް ކުރިން

ފަނޑިޔާރަކާ މާރާމާރީ ހިންގައިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ރ. އިނގުރައިދޫ/ ނެދުންގެ، ގާސިމް ހަސަންފުޅު (49އ.) އެވެ.

އެ މައްސަލައިގައި އޭނާ ފަސް ދުވަހު ކަސްޓޯޑިއަލް ޖަލެއްްގައި ބަންދުކުރަން ވެސް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ބަންދު އަމުރުގައިވާ ގޮތުން އެ ބާވަތުގެ ކުށުގެ ރެކޯޑް އޭނާގެ ކުރިން ވެސް އޮވެއެވެ. އަދި ކުރިން ވެސް ފަނޑިޔާރަކާ މާރާމާރީ ހިންގާފައިވާ ކަަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.