އިއްޔެ ރައީސް ޑރ. މުޙައްމަދު ތަސްދީގުކުރެއްވުމާއެކު އުފަންވި މީޑިއާ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅުކުރަން ނޫސްވެރިން މިރޭ އުސްފަސްގަނޑު ސަރަހައްދަށް އެއްވެއްޖެއެވެ.
ގިނަ ނޫސްވެރިންތަކެއް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ތަސްދީގުކުރެއްވި މި ގާނޫނާ ގުޅިގެން ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށް އުސްފަސްގަނޑު ސަރަހައްދަށް ގިނަ ނޫސްވެރިންތަކެއް ގޮސްފައިވެއެވެ.
އެ އިހުތިޖާޖުގައި އެކި ނޫސްވެރިންނާއި ބައެއް ޒުވާނުން ވާހަކަދައްކައި އެކި ކަންބޮޑުވުންތައް ފާޅުކޮށްފައިވެއެވެ.
އެގޮތުން މި އިހުތިޖާޖު އިންތިޒާމުކުރުމުގައި އިސްކޮށް މަސައްކަތްކުރާ ނޫސްވެރިއެއްކަމަށްވާ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ނައިބު ރައީސް މުޙައްމަދު ޝަހްޒާން ވަނީ ނޫސްވެރިން މިރެއިން ފެށިގެން ފާޅުކުރާނީ ހަމައެކަނި ގާނޫނާ ގުޅޭ ކަންބޮޑުވުންތައް އެކަނި ނޫން ކަމަށެވެ. އަސާސީ ހައްގުތަކަށް ހަނިވާ ކޮންމެ ކަމެއްގެ ކަންބޮޑުވުންތައް ފާޅުކުރާނެކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރަށް މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބާރު ލިބިދޭ ގޮތަށް، މިދިޔަ މަހުގެ 18ގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުއްވީ، ސަރުކާރާ ގުޅުން އޮންނަ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
އެ ބިލު ހުށަހެޅުމާއެކު ސަރުކާރުން ވަނީ އެ ބިލަށް ތާއިދުކުރާކަން ހާމަކޮށްފައެވެ. އަދި، މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ބިލުގެ ދިރާސާގައި ބައިވެރިވެވަޑައިގެން ކަމަށް ވެސް ވިދާޅުވެފައެވެ.
މިނިވަން ނޫސްވެރިކަން ދަމަހައްޓަން ޔޫކޭއިން ވެސް ގޮވާލައިފި
އިތުރަށް ވިދާޅުވުމަށް
މަޖިލީހުން ބިލު ފާސްކުރީ ނޫސްވެރިން އިހުތިޖާޖުކޮށްކޮށް އޮއްވައެވެ.