ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

އދ ގެ ޖެނެރަލް އެސްމްބްލީ އިން ނިއުޔޯކް ޑިކްލެރޭޝަން ބަލައިގަތުމާއި ގުޅިގުބް ރައީސްގެ މަރުހަބާ!

އާއިޝަތު އަނާ ރަޝީދު
 
7 މަސް ކުރިން

ފަލަސްޠީނުގެ މައްސަލައަށް ސުލްހަވެރި ޙައްލެއް ހޯދުމަށް އދގެ ޖެނެރަލް އެސެމްބްލީން އެކުލަވާލާފައިވާ ނިއުޔޯކް ޑެކްލެރޭޝަން ބަލައިގަތުމާއި، މިނިވަން ދެދަޢުލަތެއް ޤާއިމުކުރުމަށް ނިންމި ނިންމުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރްޙަބާ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމްކުރުމަށް ދިވެހިރާއްޖެއިން ގޮވާލަމުންދާ ގޮވާލުން ތަކުރާރުކުރައްވާ ކަމަށެވެ. އަދި މިފަދަ ކަންކަމަކީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތުކުރުމަށް ގުޅިގެން ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތްކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވެފައިވަނީ، އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަކީ ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރަމުންދާ ކަމެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދިވެހިރާއްޖެއިން ވަނީ އަބަދުވެސް ފަލަސްޠީނުގެ މައްސަލައިގައި ސާބިތުކަމާއެކު ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކޮށް، މިނިވަން ދެދަޢުލަތެއް ޤާއިމްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރެއްގައި މަސައްކަތްކުރަމުން ގެންގޮސްފައެވެ.