ރައިސް މުއިއްޒާއި ފަހުމީ -

ސްޓެލްކޯއިން ވަކިކުރި ފަހުމީއަށް ރައީސް އޮފީހުން މިނިސްޓަރު ފެންވަރު މަގާމެއް!

ނާއިފް ހަލީމް
 
2 ދުވަސް ކުރިން

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އިއްޔެ ވަކިކުރި ހުސައިން ފަހުމީ، ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމަކަށް މިއަދު އައްޔަންކުރައްވައިފިއެވެ.

ސްޓެލްކޯއިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯއިން ވަކިކުރި އަހުމަދު ޝަމާހް ރަޝީދު އައްޔަންކޮށްފައެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ފަހުމީ ރައީސް އޮފީހުގެ މަގާމަކަށް އައްޔަންކުރައްވާފައިވާ ކަމަށެވެ. އެގޮތުން، އޭނާ އައްޔަންކުރައްވާފައިވަނީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ. އެއީ، މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.

ސްޓެލްކޯގައި 1998 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ފަހުމީ އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަންކުރީ ނޮވެންބަރު 28، 2023 ގައެވެ. އޭނާ މަގާމުން ވަކިކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެއެވެ.