އެމްއޭސީއެލް ވެރިން --

އެމްއޭސީއެލުން އެއާޕޯޓުތަކުގެ ހާލަތު ބަލަނީ

ނާއިފް ހަލީމް
 
5 މަސް ކުރިން

ރާއްޖޭގައި ހިންގާ ނުވަ ޑޮމެސްޓިކް އެއާޕޯޓެއްގެ ހާލަތު ދެނެގަނެ އެ ތަންތަނުގެ ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ފަށައިފި އެވެ.

މީގެ ކުރިން ރީޖަނަލް އެއާޕޯޓްސް ކުންފުނި (އާރުސީއެލް) އިން ހިންގި އެއާޕޯޓުތަކާ އެމްއޭސީއެލް އިން ވަނީ ހަވާލުވެފަ އެވެ.

އާރުއޭސީއެލް އުވާލާ އެ ކުންފުނީގެ މަސައްކަތްތައް އެމްއޭސީއެލް އަށް ބަދަލު ކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

 އެމްއޭސީއެލް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން ހަވާލުވެފައިވާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ، ހަރުދަނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ ކުންފުނިން ހަވާލުވެފައިވާ 9 ޑޮމެސްޓިކް އެއާޕޯޓަށް ކުންފުނީގެ އެކްސްކޯ އާއި ޓެކްނިކަލް ޓީމުން ޒިޔާރަތްކޮށް، އެއާޕޯޓްތަކުގެ ހާލަތު ބަލައި ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.