އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި، ހޫތީ ސަރުކާރުގެ ބޮޑުވަޒީރު އަހްމަދު އަލް-ރަހާވީ އާއި ގިނަ އަދަދެއްގެ ވަޒީރުން އަވަހާރަކޮށްލައިފިއެވެ.
ހޫތީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އަހްމަދު އަލް-ރަހާވީ އަވަހާރަކޮށްލާފައިވަނީ ސަނާގައި ދިން ހަމަލާއެއްގައި، އެހެން ބައެއް ވަޒީރުންނާ އެކު ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޔަހޫދީން ދިން ވައިގެ ހަމަލާގައި ބޮޑު ވަޒީރު އަވަހާރަވިކަން ހޫތީން ވަނީ ކަށަވަރުކޮށްދީފައެވެ.