ރިސޯޓުގައި މަރުވި ދިވެއްސެއްގެ އޮޓޮޕްސީ ހަދަނީ

އާއިޝަތު އަނާ ރަޝީދު
 
1 މަސް ކުރިން
ބ. އަތޮޅުގެ ޓޫރިސްޓް ރިސޯޓެއްގައި ދިވެހި ޒުވާނެއްގެ ހަށިގަނޑު ފެނުނު މައްސަލައިގައި، މަރުގެ ސަބަބު ދެނެގަތުމަށް އޮޓޯޕްސީ ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަނީ ހާމަކޮށްފައެވެ.

ފުލުހުންގެ މައުލޫމާތުގައިވާ ގޮތުން، މި މަހުގެ 23 ވަނަ ދުވަހު ވަނީ 21 އަހަރުގެ ދިވެހި ޒުވާނެއް މަރުވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެވެ. ނަމަވެސް މި ހާދިސާ ހިނގާފައިވަނީ އަތޮޅުގެ ކޮން ރިސޯޓެއްގައިކަން ފުލުހުން ވަނީ ހާމަނުކޮށެވެ.

މި މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމާއެކު، މަރުގެ ޙަޤީޤީ ސަބަބު އޮޅުންފިލުވުމަށްޓަކައި އޮޓޯޕްސީއެއް ހެދުމަށް ތަޙްޤީޤު ޓީމުން ވަނީ ނިންމާފައެވެ. އަދި މައްސަލައިގެ ތަޙްޤީޤު މިހާރު ދަނީ ކުރިއަށެވެ. ނަމަވެސް މައްސަލައާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތެއް ފުލުހުން ވަނީ ހާމަނުކޮށެވެ.