ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިންނާއި ސްކޫލުތަކުގެ ކެޑޭޓުންނާއި ބޭންޑް ދަރިވަރުން މާދަމާ ޕެރޭޑް ޖަހަން ނިންމައިފިއެވެ.
މާދަމާއަކީ ރަބީއުލްއައްވަލު މަހުގެ 1 ވަނަ ދުވަސްކަމުގައިވާ ދިވެހިރާއްޖޭގެ ޤައުމީ ދުވަހެވެ. އެގޮތުން މި ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޕެރޭޑް ފަށާނީ ހަވީރު 16:30 ގައެވެ.
ޕެރޭޑް ޖެހުމަސް ހަމަޖެހިފައިވަނީ ސޯސަންމަގާއި، މަޖީދީމަގު އަދި ބޮޑުތަކުރުފާނު މަގުފަދަ މާލޭގެ މައި މަގުތަކުގައެވެ. މިމަގުތަކުން ޕެރޭޑް ޖަހަމުންދާ ސިފައިން އެމީހުންގެ އަޒުމާއި ތަރުތީބު ރައްޔިތުންނަށޤ ދައްކުވައިދޭނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައވެެ.
ކޮންމެ އަހަރެއްގެ ވެސް ޤައުމީ ދުވަހު ހަވީރު ދުވަހުގެ މުނާސަބާ ފާހަގކުރުމުގެ ގޮތުން ބާއްވަ ކުޅިވަރުތައް ކުރިއަށް ގެންދެވެއެވެ. އެގޮތުން ގައުމީ ދިދައަށް ދެވޭ އިހްތިރާމާއި ޝަރަފު އާލާކުރުމަށްޓަކައި ބޭއްވޭ މިހިންގާލުމުގައި ބޭނުންކުރެވޭ ހާއްސަ ފާޙަގަތައް ސިފައިން ވަނީ ތައްޔާރުކޮށްފައެވެ.
ހިނގާލުން ހުއްޓާނެ ސަރަހައްދުތައް:
ސޯސަންމަގު، ދިވެހިބަހުގެ އެކަޑަމީ ކުރިމަތި
މަޖީދީމަގާއި ޗާންދަނީމަގު ގުޅުނު ހަތަރު އަގޮޅި
މަޖީދީމަގު، މިލިއަން ބުކްޝޮޕް ކުރިމަތި
ބޮޑުތަކުރުފާނު މަގު، ކަޅުތުއްކަލާކޮށީގެ ހުޅަނގު އުތުރު ކަންމަތި
ސިފައިންގެ މި ޕެރޭޑް ބެލުމަށް އަބަދުވެސް ގިނަ އަދަދެއްގެ އާއްމުން އެއްވާކަން ފާހަގަކޮށްލެވެއެވެ. އަދި މިފަދަ ބޮޑު ޕެރޭޑެއް އެންމެ ފަހުން ބާއްވާފައިވަނީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން ނިމިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.