ކުރީގެ ރައީސްް އިބްރާހިމްމމުހައްމަދު ސޯލިހު - -ފޮޓޯ: ހީފަސް ނޫސް

ހުށަހަޅާފައިވާ ބިލަކީ މިނިވަން މީޑިއާތަކަށް ދެވޭ ހަމާލާއެއް: ރައީސް އިބޫ

އާއިޝަތު އަނާ ރަޝީދު
 
3 މަސް ކުރިން

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާތަކާ ގުޅޭ ބިލަކީ މިނިވަން ނޫސްވެރިކަމަށް ނުރައްކާވާފަދަ ބިލެއްކަމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިފަކުރައްވައިފިއެވެ.

މި ބިލަކީ ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލެވެ.

އެކްސްގައި ޝާއިއުކޮށްފައިވާ ޕޯސްޓެއްގައި ރައީސް ސޯލިހު ފާހަގަކޮށްފައިވަނީ، ހުށަހެޅިފައިވާ ބިލަކީ މީޑިއާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް މަގުފަހިކޮށްދޭ އަދި މީޑިއާތައް އުވާލުމާއި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ބިލެއް ކަމުގައެވެ. 

 އަދި ދައުލަތުގެ ތިން ބާރަށް ފާރަވެރިވެ، ޖަވާބުދާރީ ކުރުވުމުގެ މަސްއޫލިއްޔަތު އަދާކުރަމުންދާ މީޑިއާގެ މިނިވަންކަން ގެއްލިގެންދާނެތީ، މި ބިލު އަނބުރާ ގެންދިއުމަށްވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގޮވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުން މިބިލު ފާސްކޮށް ގާނޫނެއްގެ ގޮތުގައި ތަސްދީޤުކުރެއްވުމާއި އެކު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާ ގުޅޭ މާއްދާތައް އުވި، އައު ކޮމިޝަނެއް އުފެދިގެންދާނެ އެވެ. މި ކޮމިޝަނުގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ ހަތަރު މެންބަރުންނެވެ. 

ކޮމިޝަނުގެ ރައީސް އައްޔަންކުރާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވާއިރު، ނައިބު ރައީސް ހޮވާނީ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.ބިލުގެ ދަށުން އުފެދޭ ކޮމިޝަނަށް ލިބިގެންދާނީ ސުލޫކީ މިންގަނޑާ ޚިލާފުވާ މީޑިއާތައް 5،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރެވެ. އަދި ގާނޫނާއި ގަވާއިދާ ޚިލާފުވާ މީޑިއާތަކުގެ ރަޖިސްޓްރީ ވަގުތީގޮތުން ހިފެހެއްޓުމުގެ އިޚްތިޔާރުވެސް ކޮމިޝަނަށް ލިބިގެންދާނެ އެވެ.