ޕާކިސްތާނުގެ ބޮޑުވަޒީރާއި ރައީސް މުއިއްޒު -- ފޮޓޯ ޖުމްލަ ސްޓޫޑިއޯ

ރައީސްގެ މުއިއްޒުގެ ތައުޒިޔާ ޕާކިސްތާނަށް

މުހައްމަދު ހަމީޒް
 
5 ދުވަސް ކުރިން

ޕާކިސްތާނަށް ކުރިމަތިވި ވިއްސާރައިގެ ސަބަބުން ގިނަ ބަޔަކު މަރުވެ، ލިބުނު ގެއްލުންތަކާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

ރައީސްގެ މެސެޖުގައި، މި ހިތާމަވެރި ހާދިސާއާ ގުޅިގެން ހިތާމަ ފާޅުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި މަރުވެފައިވާ މީހުންގެ ޢާއިލާތަކަށާއި މި ކާރިސާގެ ސަބަބުން އަސަރުކުރި އެންމެހައި ފަރާތްތަކަށް ވަނީ ތައުޒިޔާ ވިދާޅުވެފަ އެވެ.

ވިއްސާރައިގެ ސަބަބުން ޕާކިސްތާނުން 300 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.