އެންސްޕާއިން އިޖްތިމާއި ސިއްހީ އިންޝުއަރެންސް ސްކީމުގެ ތެރެއިން ރާއްޖެ އާއި ރާއްޖޭގެ ބޭރުގެ ހިދުމަތްދޭ ތަންތަނަށް ދައްކަންޖެހޭ ބިލްތަކަށް ޖުލައި މަހުގެ ނިޔަލަށް ބާކީ 1.5 މިލިއަން ރުފިޔާ ދައްކަން އެބައޮތް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ހާމަކޮށްފިއެވެ.
ކޮމިޓީއިން ހާމަކޮށްފައިވާ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް ބިލްތަކަށް 1 މިލިއަން ރުފިޔާ ދައްކާފައިވާވީ ނަމަވެސް، އަދި މިހާތަނަސް ނުދައްކާ 1.5 މިލިއަން ރުފިޔާ އެބަހުއްޓެވެ.
މާލިއްޔަތު ކޮމިޓީން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް، އެންސްޕާއިން އެންމެ ގިނަ ފައިސާ ދައްކަންޖެހިފައިވަނީ ދައުލަތުގެ ސިއްހީ ޚިދުމަތްދޭ މުއައްސަސާތަކަށެވެ.
މި ރިޕޯޓުގައިވާ ގޮތުން، ސަރުކާރުގެ ސިއްހީ މަރުކަޒުތަކަށް ދައްކަންޖެހޭ އަދަދަކީ 367 މިލިއަން ރުފިޔާއެވެ. އަދި ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކަށް ދައްކަންޖެހޭ އަދަދު 349 މިލިއަން ރުފިޔާއަށް އަރާކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެންސްޕާއިން އެކި ފަރާތްތަކަށް ދައްކަން ހުރި ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހިފައިވަނީ ސަރުކާރުގެ ސިއްހީ ޚިދުމަތްދޭ އިދާރާތަކަށެވެ. އެގޮތުން މި އިދާރާތަކަށް 367 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.
ދެން އެންމެ ބޮޑު އަދަދެއް ދައްކަން ޖެހިފައިވަނީ ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކަށެވެ. އެއީ 349 މިލިއަން ރުފިޔާއެވެ. އަދި ކްލިނިކްތަކަށް 330 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާއިރު، ފާމަސީތަކަށް ދައްކަންޖެހޭ އަދަދު 325 މިލިއަން ރުފިޔާއަށް އަރައެވެ.
އާސަންދަ އަދި އެންސްޕާއިން ސިއްހީ ޚިދުމަތްދޭ އެކިއެކި ފަރާތްތަކަށް ގިނަ އަދަދަކުން ފައިސާ ދައްކަން ޖެހިފައިވީ ނަމަވެސް، 2023 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މިނިސްޓްރީ އޮފް ފިނޭންސުން ވަނީ ވެންޑަރުންނާއި ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގެ ބިލްތަކަށް 1.1 ބިލިއަން ރުފިޔާ ދައްކާފައެވެ.
މިއަދު މަޖިލީހުގައި ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި، އާސަންދަ އަދި އެންސްޕާއާ ގުޅުންހުރި މި ރިޕޯޓު އިތުރަށް ދިރާސާކުރުމަށް ކޮމިޓީން ވަނީ އެއްބަސްވެފައެވެ.