މާލެ ސިޓީގެ މޭޔަރ، އާދަމް އާޒިމް -- ފޮޓޯ: އެމްޑީޕީ

މަސް މާރުކޭޓު ކުއްޔަށް ދީފައިވަނީ ގަވާއިދާއި ޚިލާފަށް ކަމުގައި މޭޔަރ އާޒިމް ވިދާޅުވެއްޖެ

އާއިޝަތު އަނާ ރަޝީދު
 
3 މަސް ކުރިން

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރު، މަސް މާރުކޭޓު ހިންގާ މީހުންނަށް އެތަން ކުއްޔަށް ދީފައިވަނީ ގަވާއިދާއި ޚިލާފަށް ކަމުގައި މާލެ ސިޓީގެ މޭޔަރ، އާދަމް އާޒިމް ވިދަޅުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވިގެންދިޔަ ކައުންސިލްގެ ރަސްމީ ޖަލްސާގައި މޭޔަރ ވިދާޅުވެފައިވަނީ ކުންފުންޏާއި އެތަް ހަވާލުކޮށްފައިވަނީ ބިޑު ކޮމިޓީއިން ފާސްކޮށްފައިވާ އަގަށްވުރެ މާ ކުޑަކޮށް ކަމަށެވެ. އަދި މިހާރު ކައުންސިލްގެ ހިނގަމުންދާ ދައުރުގައި، މަސް މާރުކޭޓު ހިންގުމަށް ހަވާލުކޮށްފައިވާ ކުންފުންޏާއި އެކު އެއްބަސްވުން އައު ކުރުމަށް ނިންމާފައިވީނަމަވެސް އަގު ކުޑަކޮށް ދީފައިވާކަން ހާމަވުމާއި ގުޅިގެން އެއްބަސްވުން އައު ނުކުރުމަށް ވަނީ ނިންމާފައި ކަމުގައިވެސް މޭޔަރ ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު ކުރިއަށް ގެންދެވުނު ކައުންސިލް ޖަލްސާއަސް މައްސަލަ ހުށަހެޅި،، އެއްބަސްވުމުގެ މުއްދަތު އިތުރުނުކޮށް، އަލުން ބީލަމަށް ސހުޅުވާލައިގެން އައު ކޮންޓްރެކްޓަރެއް ހޯދުމަށްވަނީ ނިންމާފައެވެ. މިފަދައިން ނިންމާފައިވަނީ ކުރިން ހެދިފައިވާ އެއްބަސްވުމުގައި ފުށުއަރާ ކަންކަން ހުރުމުގެ ސަބަބުން އެއްބަސްވުން އައުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ކައުންސިލަށް ނުފެންނާތީއެވެ.

މޭޔަރ ވަނީ ބިޑު ކޮމިޓީއިން މަސް މާރުކޭޓު 130،000 ރުފިޔާއަށް ދިނުމަށް ނިންމާފައިކަމުގައި ވިދާޅުވެފައެވެ. ނަމަވެސް ރައީސް މުއިއްޒު މޭޔަރު ކަމުގެ ދައުރުގައި މިތަން ކުއްޔަށް ދީފައިވަނީ 70،000 ރުފިޔާއަށް ކަމުގައިވެސް މޭޔަރ ވިދާޅުވިއެވެ. އަދި މިމައްސަލަ އަލުން ކައުންސިލްގެ ލޭންޑް ކޮމިޓިއަށް ފޮނުވައި އިތުރަށް ދިރާސާ ކުރުމަށް ނިންމާފައިވާ ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.