ކުޑަރަށް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގުން -- ފޮޓޯ: އެމްއެންޑީއެފް

ކުއްލި ހަބަރު: ކުޑަރަށް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މުހައްމަދު ހަމީޒް
 
11 ދުވަސް ކުރިން

ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެ ރިސޯޓުގެ ފޔަރ ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ، ކުޑަރަށް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ހަބަރު ލިބުމާއި އެކު ފަޔާ އެންޑް ރެސްކިއުގެ ޓީމެއް އެ ރިސޯޓަށް ދިއުމަށް ދަތުރު ކުރަމުންދާ ކަމަށެވެ. 

މި ހާދިސާގައި ރިސޯޓަށް ލިބުނު ގެއްލުމުގެ މާބޮޑު ތަފްސީލެއް ލިބޭގޮތްވަނީ ނުވެފައެވެ.