ޑިންގީއެއް ބަންޑުން ޖަހާލާ ބަޔަކު ކަނޑުވެއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ކ. ޒަމާނީ އައިލެންޑް ކައިރީން ގުރައިދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލާފައިވާ ކަމަށް މިރޭ ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ޑިންގީގައި ތިބީ 17 މީހުންނެވެ. ޑިންގީގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ފަތާފައި ޒަމާނީ އައިލެންޑަށް ވަނީ އަރާފައެވެ
ފުލުހުން ބުނީ މެރިން ޕޮލިސް އަދި ކާކު އަތޮޅު ޕޮލިސްގެ އިތުރުން ކާފު އަތޮޅު ރިސޯޓްތަކުގެ ލޯންޗުތަކުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. ފުލުހުން ދެންމެ ބުނީ އެ އެންމެން ސަލާމަތް ކޮށްފައިވާ ކަމަށެވެ.