މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުޓީމުން ހަރަކާތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެފައިވަނީ ހެންވޭރު، ފަހިވާގޭގެ 7 ވަނަ ފަންގިފިލާގައި ކަމަށެވެ. މިކަމާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުންވެސް ވަނީ ފަހިވާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭތީވެ، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާކަމަށް ބުނެފައެވެ.
ނަމަވެސް މިހާދިސާގެ އިތުރު އެއްވެސް މައުލޫމާތެއް އަދި ކަމާބެހޭ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. މިހާތަނަށް މައުލޫމާތު ލިބިފައިވާގޮތުގައި އެއީ ބޮޑުރަސްގެފާނުމަގުގައި ހުންނަ ގެއެކެވެ.