މާލޭގައި ބަނގުރާ ވިއްކަމުން ދިޔަ ބަންގްލަދޭޝްގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރީ ރޮކިބުލް ހަސަން، 24، އާއި އެމްޑީ ޖަކިރް ހޮސެއިން، 29،
ފުލުހުން ބުނީ އެ ދެ ދެ މީހުން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި، އަތުގައި ހުރި ތަކެއްޗާއި ސައިކަލު އަދި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު 17 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ. މިކަމާ ގުޅިގެން މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު، އެ ދެ މީހުންނަށް ދެން ރާއްޖެ ނާދެވޭ ގޮތަށް ގައުމަށް ފޮނުވައިލަން އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.
ފުލުހުން ބުނީ ދެ މީހުން ދުއްވި ސައިކަލް ޓޯކޮށްފައިވާ ކަމަށެވެ.
ފަހަކަށް އައިސް ބަނގުރަލާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ރާއްޖެ އިން ހައްޔަރުކުރާ ބިދޭސީންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ