ދެކުނު ޕޮލިސްގެ ކޮމާންޑަރަކަށް ޝާކިރު

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

ދެކުނުގެ ޕޮލިސްގެ ކޮމާންޑަރަކަށް، ޗީފް ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަހުމަދު ޝާކިރު ހަމަޖައްސައިފި އެވެ.

ގއ، ގދ، ފުވައްމުލައް އަދި އައްޑޫގެ ކޮމާންޑަރަކަށް މިދިޔަ ހޯމަ ދުވަހު ޝާކިރު އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުންނެވި އެސިސްޓެންޓު ކޮމިޝަނަރު އަހުމަދު ޝަމީމްގެ ދައުރު ހަމަވުމުންނެވެ.

އަތޮޅާއި ރީޖަނަލް ކޮމާންޑަރުން އައްޔަންކުރަނީ ދެ އަހަރުގެ މުއްދަތަކަށެވެ.

ދެކުނުގެ ޕޮލިސް ކޮމާންޑަރަކަށް ހަމަޖެއްސުމާ ހަމައަށް ޝާކިރު ހުންނެވީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޓު ޑޕާޓްމަންޓުގެ ހެޑަކަށެވެ. އޭގެ ކުރިން އޭނާ ވަނީ ފުލުހުންގެ ޑްރަގް ޑިޕާޓްމަންޓުގެ އިސްވެރިޔާކަމާއި ލ. އަތޮޅު ޕޮލިސް ކޮމާންޑަރުކަން ވެސް ފުރުއްވައިފަ އެވެ. 

މައްސަަލަތައް ބޮޑު ދެކުނުގައި ފުލުހުންގެ އިސްވެރިއަކަށް ހުންނަވައިގެން ޝަމީމް ވަނީ ޑްރަގާ ދެކޮޅަށް ގިނަ އޮޕަރޭޝަންތަކެއް ހިންގައިފަ އެވެ. އޭގެ ތެރެއިން، އެ ވިޔަފާރީގައި އިސްކޮށް އުޅޭ ކަމަށް ތުހުމަތުކުރާ ގިނަ ބަޔަކު ހައްޔަރުކޮށް، ދައުވާ އުފުލަން ޕީޖީ އޮފީހަށް ވެސް މައްސަލަތަކެއް ހުށަހެޅި އެވެ. އެކަމަކު، ދައުވާ ކުރާ ވަރަށް ހެކި ނެތް ކަމަށް ބުނެ ޕީޖީ އޮފީހުން ވަނީ އެ މައްސަލަތައް ބޭރުކޮށްފަ އެވެ.