މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު، މޫސާ ޒަމީރު

އެސްއޯއީތަކުން ވަކިވާ މުވައްޒަފުން ވިޔަފާރިއަށް ނުކުތުމަށް ލުއިލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސަނީ

މުހައްމަދު ހަމީޒް
 
3 ގަޑިއިރު ކުރިން

ސަރުކާރު ހިއްސާވާ ކުންފުނިތައް (އެސް.އޯ.އީ) ތަކުން ވަކިވާ މުވައްޒަފުންނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ނިކުމެ ރާއްޖޭގޭ އިޤްތިޞާދުގައި ބައިވެރިވެ އާމްދަނީ ހޯދޭނެ ގޮތްތައް ރާއްވަވަމުން ގެންދަވާކަމަށް، މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު، މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއއްޔާ ޑރ. މުޙައްމަދު މުއިއްޒު އުފެއްދެވި ވަޒީރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްެވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން ވަޒީރު ވިދާޅުވީ، އިޤްތިޞާދަށް މިވަގުތު އަންނަމުންދާ ބަދަލުތަކާއި ގުޅިގެން، ކުންފުނިތަކުުގެ ހަރަދު ކުޑަކޮށް ޑައުންސައިޒް ކުރަމުންދާއިރު، ވަޒީފާއިން ވަކިކުރާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ އިތުރު ގޮތްތައް ފަހިކޮށްދީ އިކޮނޮމީގައި ބައިވެރިވެވޭނެ ގޮތަށް، ޚާއްސަ ދާއިރާތަކުން ލޯނު ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ލަފާ ދެއްވާފައިވާ ކަމަށެެވެ.

"މިހާލަތާއެކުވެސް ރައީސްގެ ޕޮލިސީ އަކީ އިގްތިސޯދުގެ ސޯބު ނުހުއްޓި އެނބުރޭނެ ގޮތަކަށް ކުރިއަށްގެންދެވުން." މިނިސްޓަަރ ވިދާޅިވިއެވެ.  

މީގެ އިތުރުން، އެކި ދާއިރާތަކަށް ޚާއްސަކޮށް މިހާރުވެސް 250 މިލިއަން ރިލީޒްކުރެވިދާނެ ކަމަށާއި، އެގޮތުން މިވަގުތު ކުންފުނިތަކުން މުވައްޒަފުން މަދުކުރަމުންދާއިރު، އެމީހުންނަށް އާމްދަނީ ހޯދޭނެ އިތުރުގޮތްތައް ފަހިވާނެ ގޮތަކަށް ލޯނު ދޫކުރުމުގެ ކަންކަން ރޭވުމަށް އިކޮނޮމިކް މިނިސްޓްރީ އާއި އަދިވެސް ކަމާގުޅޭ ފަރާތްތަކާއި ގުޅިގެން މަޝަވަރާކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރު ކުންފުނިތައް ހަރަދުކުޑަ ކުރުމަށް އެކި ފިޔަވަޅުތައް އަޅަމުންދާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ލޯނު ދޫކޮށްގެމް ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިވެދީ، ޕްރައިވެޓް ސެކްޓަރގެ ވަޒީފާތައް އިތުރުކޯށް ވަޒީފާގެ ބާޒާރަށް ދިވެހިން ނެރުމަކީ ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިސްކަމެއްދެއްވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.