ހިޔާ ފުލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފި

ނާއިފް ހަލީމް
 
2 ގަޑިއިރު ކުރިން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފުލެޓުތަކުގެ ދެ އަހަރުގެ ކުލި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ކަނޑާލައިފިއެވެ.

ހިޔާ ފުލެޓުތަކުގެ ފިނިޝިން މަސައްކަތަށް ކޮށްފައިވާ ޚަރަދު އަނބުރާ ދިނުމަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅެކެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިޔާ ފުލެޓުތަކުގެ ވެރިންނަށް އެޗްޑީސީން ފޮނުވި ސިޓީއެއްގައި ވަނީ، އެ ޚަރަދު ސަރުކާރުން ދޭނެ ގޮތް ކިޔައިދީފައެވެ.

އެ ސިޓީގައި ވަނީ، ކޮންްމެ ފުލެޓެއްގެ ފިނިޝިންއަށް ކަނޑައަޅާފައިވާ ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓަށް ނުދެއްކި އޮތް އަދަދުން, ކުއްޔަށް ނުދެއްކި ހުރި ފައިސާ އަންނަ ބުދަ ދުވަހުން ފެށިގެން އުނިކުރާނެ ކަމަށެވެ.

އެ އަދަދަށް ފަހު، ބާކީ ކުއްޔަށް ދައްކަން ޖެހޭ ފައިސާއެއް ނެތް ނަމަ، ޑިސްކައުންޓަށްވާ ބައި ހަމަވަންދެން މަހަކު 5،300 ރުފިޔާ ދައްކަން ނުޖެހޭނެ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެެ. އަދި، މެނޭޖުމަންޓު ފީ ދައްކަން ޖެހުނު ނަމަވެސް ހިޔާ ފުލެޓުތަކުގެ ކުލި ދެން ދައްކަން ފަށަން ޖެހޭނީ މެއި އެކެއް، 2028ގައެވެ.